މީހުންނާއި މުދަލާއެކު ބަރުކޮށްގެން، ދަތުރުކުރަމުންދަނިކޮށް ފަރަށްއެރި ”ރޯޝަނީ“ ބޯޓް ފުންކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ އެ ބޯޓް ފަރަށް އެރީ، މުދާ ބަރުކޮށްގެން 16 މީހުންނާއިއެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެޚަބަރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށް ދިން ކަމަށެވެ.










