ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، ރ. މަޑުއްވަރީގައި މަސްރޭހެއް ބާއްވަން ނިންމައި، ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެރަށު ކައުންސިލުން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބާއްވަން ނިންމާފައިވަނީ ފަރުމަސް ބޭނުމުގެ މަސްރޭހެއް ކަމަށާއި، ރޭސް އޮންނާނީ، 2025 ޑިސެންބަރު 12 ވާ ހުކުރު ދުވަހުކަމަށެވެ.
18 އަހަރުން މަތީގެ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2024 ޑިސެންބަރު 08 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ. މަސްރޭހުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ނަންބަރު އޮޑީގައި ޖަހާފައިވާ އުޅަނދުފަހަރަށްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.












