މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހު މަސްރޭހެއް ބޭއްވުމަށް ނ. ލަންދޫ ކައުންސިލުން ނިންމައި، ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަން އާންމުކޮށް އެކައުންސިލުން އިއްޔެ އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު އެރަށުގެ ދެޖިންސުގެ ފަރާތްތަކަށް ޢާންމުކޮށް ހުޅުވާލާކަމަށެވެ. މަސްރޭހުގައި ބައިވެރިވެވޭނީ ދޯނި ކެޕްޓަން އަދި ފަޅުވެރިން ހިމެނޭހެން މަދުވެގެން 3 މީހުން އަދި ގިނަވެގެން 10 މީހުންގެ ޓީމެއް އެކުލާވާލައި، މަސްރޭހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެންކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި، މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 09 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.












