ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް މާލެއިން މިހާތަނަށް 26،500 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތުގެ އަދާހަމަ ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުންނެވެ. ސޯޝަލް މީޑީއާ ޕޯސްޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، މުޅި ރާއްޖޭގައި ރޯދަ ހަދިޔާ ބެހުން ކުރިއަަށް ދާކަމަށާއި، މާލޭގައި އެކަނިވެސް ރޭގެ ނިޔަލަށް 26,739 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށެވެ.
މާލެ ސިޓީގައި ރޯދަ ހަދިޔާ ދޫކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ކުރިޔަށްދެއެވެ. މި މަހު 11 ގެ ނިޔަލަށް މާލޭގައި މިހާރު ދޫކުރާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރަމުން ގެންދާނެއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމަށް 15 މަރުކަޒެއް ގާއިމުކޮށްފައި ވެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު












