އުތުރުގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެއިދާރާއިން ބުނީ، އުތުރުގެ އަތޮޅުތަކަށް ވިއްސާރަކޮށް، އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި، މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.










