ކަނޑައިގެންދިޔަ ސ. ގަމުގެ ދޮށީ ކަނދުފަތި އަލުން އަޅައިފި އެވެ.
ދޮށީ މަސްވެރިކަމަށް ޚާއްސަ މިކަނދުފަތި ގަމުގައި އަލަށް އެޅީ 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މި ކަނދުފަތި ކަނޑައިގެންގޮސް އޮންނަތާ ގިނަދުވަސްތަކެއްވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ދަތުރުގައި މިއަދު ގަމުގެ ދޮށީ ކަނދުފަތި އަޅާފައިވަނީ، ކުރިންވެސް ކަނދުފަތި އަޅާފަ އޮތް ސަރަހައްދުކަމަށްވާ، ގަމުގެ ހުޅަނގު ދެކުނުން 13 މޭލު ބޭރުގައެވެ.
ދޮށީ ކަނދުފަތި ނަންބަރަކީ R09D03-01 އެވެ.