ކަނޑައިގެން ދިޔަ ތ.ހިރިލަންދޫ ދޮށީ ކަނދުފަތި އަލުން އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު މި ކަނދުފަތި އަޅާފައިވާނީ އެރަށުގެ ހުޅަނގު ދެކުނުން 12 މޭލު ބޭރުގައެވެ. މިކަނދުފަތީގެ ނަންބަރަކީ، L08D01-01 އެވެ.

މިއަދު އެޅި ކަނދުފަތީގެ އިތުރުން އެރަށުގެ ހުޅަނގު ދެކުނުން 32 މޭލު ބޭރުގަވެސް ދޮށީ ކަނދުފައްޗެއް އޮވެއެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު 65 ދޮށީ ކަނދުފަތި އެބަައޮތެވެ.