ށ. އެކަސްދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި މިއަދު މި ވަދު ކަނދުފަތި އަޅާފައިވަނީ، ށ.އެކަސްދޫގެ އިރުދެކުނުން 5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތި ނަންބަރަކީ، D09V03 އެވެ.
ރާއްޖޭގެ ކަނދުފަތީގެ ވިއުގަ ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ށ އަތޮޅުގައި މީގެ ކުރިން ތިން ކަނދުފަތި އަޅާފައިވެއެވެ. މިއަދު މިއެޅި ކަނދުފައްޗާއެކު ށ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު މިވަނީ 4 އަށް އަރާފައެވެ.
**މީގެ ކުރިން އެޅި ކަނދުފަތިތަކުގެ ތަފުސީލު: **
ށ.ފުނަދޫ ކަނދުފަތި: ފުނަދޫގެ އިރުން 4.5 މޭލު ބޭރުގައި
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
މި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ބާވަތުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް މަސްވެރިންނާއި، ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެގޮތުންކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.