މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(ޢެމްޓީއައި) އިން ބ. ފެހެންދޫގައި ނިޔަމި ކޯހެއް ފަށައިފިއެވެ.
ފެހެންދޫގައި އިއްޔެ ފެށި ނިޔަމި ކޯސް-2 އަކީ ކަނޑު އުޅަނދު ދުއްވާ މީހުންނަކީ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރު އޮޕަރޭޓްކުރާ ބަޔަކަށް ހެދުމަށާއި ރަށުގައި ތިބެގެން މި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެހެންދޫގެ ޓްރެވެލް ގެސްޓްހައުސް އާއި އެރަށު ޓްރީ އިންވެސްޓްމެންޓްއާ ގުޅިގެން ހިންގާ ކޯހެއްކަމަށް އެމްޓީއައި އިން ބުންޏެވެ. އަދި މި ކޯހުގައި، މަސްވެރިންނާއި، މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ހިމެނޭގޮތުން ޖުމްލަ 15 ފަރާތުން ބައިވެރިވެފައިވާކަމަށާއި، ޖުލައި 23ގެ ނިޔަލަށް ކޯހުގެ ކިޔެވުން ކުރިޔަށްދާނެކަމަށް އެމްޓީއައިއިން ބުންޏެވެ.












