ގއ. ކޮނޑޭގައި، މަރާމާތުގެ މަސައްކަތްކަށް އޮޑިދޯނިފަހަރު އެހެލާނެ ވަގުތީ ބިމެއް، އެރަށު ކައުންސިލުން ކަނޑައަޅައިފި އެވެ.
ކޮނޑޭ ކައުންސިލްގެ 04 ވަނަ ދައުރުގެ 176 ވަނަ ބައްދަލުވުމުގައި، މަރާމާތުގެ މަސައްކަތްކަށް އޮޑިދޯނިފަހަރު އެހެލުމަށް ވަގުތީ ބިމެއް ކަނޑައަޅާފައިވަނީ، އެރަށުގެ ލޭންޑްޔޫސް ޕްލޭންގައި އެކަމަށް ކަނޑައަޅާފައިވާ ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރު ހިސާބަކަށްވެފައި، އެތަނަށް ދިއުމަށް މަގު ހެދި، ކަރެންޓް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ އެކަމުގެ ސަބަބުން އޮޑި ވެރިންނަށް ދިމާވަމުންދާ މައްސަލަތައް ޙައްލުކޮށްދިނުމުގެ ބޭނުމުގަ އެވެ.












