ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް، އެމަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.
މަޝްރޫޢުގެ އަދާހަމަ ހިސާބަށް ބަލާއިރު، މަޝްރޫއުގެ %50 މަސައްކަތް ވަނީ ނިމިފައެވެ. ބަނދަރުގެ އެއްގަމު ވާޓަރު މުޅިން ނިންމައި މިވަގުތު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން ބަނދަރުގެ ރައްކާތެރިކަމާއި ބޭނުންތެރިކަން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެމްޓީސީސިން ބުނީ މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހިލަތައް އެ ސަރަޙައްދަށް ބޭލުމުގެ މަސައްކަތް ކަމަށެވެ.
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ، 8 ޑިސެންބަރު 2022ގައެވެ. މިއީ** ޖުމުލަ 76.44 މިލިއަން ރުފިޔާ މި މަޝްރޫއެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރަންޖެހޭ މަސައްކަތްތައް:**
17,900 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން












