ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައި އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން، ފިޝަރީޒް މިނިސްޓްރީން މި ތަމްރީން ޕްރޮގްރާމް ފެށީ މިމަހުގެ 02 ވަނަ ދުވަހު އެވެ. 06 ފެބުރުއަރީގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިޔަށްދާ މި ތަމްރީނުގައި 10 ފިރިހެނުންނާއި، 7 އަންހެނުން ހިމެނޭގޮތުން ޖުމްލަ 17 ފަރާތަކުން ބައިވެރިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.












