ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އުތުރުގެ ހުރިހައި އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހެނދުނު ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހެނދުނު 09:30 އިން މެންދުރު ފަހު01:30 އާ ހަމަޔަށް ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅު ހިމެނޭ ސަރަހައްދަށެވެ. ސަމާލު ނެރެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްނެވެ.
ހެނދުނު ނެރުނު ސަމާލުގެ ވަގުތު ހަމަވުމާއެކު މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަމާލުގެ ވަގުތު މިރޭ 05:30 އާ ހަމަޔަށް ދަންމާލާފައެވެ. ދަންމާލި ސަމާލުގައިވެސް ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.












