ކަނޑައިގެންދިޔަ އއ.ތޮއްޑޫ ވަދު ކަނދުފަތި އަލުން އަޅައިިފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މި ކަނދުފަތި އިއްޔެ އަޅާފައިވަނީ އެރަށުގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައެވެ. މިއީ ކުރިންވެސް ތޮއްޑޫ ކަނދުފަތި އަޅާފައި އޮތް ލޮކޭޝަންގައެވެ. މި ކަނދުފަތީގެ ނަންބަރަކީ H08V01-01އެވެ.
ވަދު ކަނދުފަތި ލޮކޭޝަން:
04°29.500’N
55.000 72°’E
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ތޮއްޑޫ ކަނދުފައްޗާއެކު އއ އަތޮޅުގައި ދެ ވަނދުފަތި އޮވެއެވެ. އަނެއް ކަނދުފަތި އޮންނަނީ، މާޅޮހުގެ ހުޅަނގުން 4.5 މޭލު ބޭރުގައެވެ.