އަންނަ ފިޠުރު އީދުގެ މުނާސަބާ ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.
”މަސް ރޭސް2026“ ގެ ނަމުގައި ބާއްވާ މި މަސްރޭހަކީ އެރަށު މަދަނީ ޖަމްއިއްޔާއެއްކަމަށްވާ ފަރެސްމާތޮޑާ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ ރޭހެކެވެ.

ފަރެސްމާތޮޑާ ޔޫތު ސްޕޯޓްސް ކްލަބުން ބުނީ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް 9944690 ނުވަތަ 9888865 އަށް ގުޅާލައިގެން ނަން ނޯޓްކުރެވޭނެކަމަށެވެ. މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް ރޭހަށް ނަން ނޯޓް ކުރެވޭނެއެވެ.
މި މަސްރޭހުގެ 1 ވަނައަށް ދާ ޓީމަކަށް 5000ރުފިޔާ އަދި އެންމެ ބޮޑު މަސްބާނާ ފަރާތަކަށް 500ރުފިޔާ އިނާމެއްގެގޮތުގައި ދިނުމަށް ހަމަޖެހިފައިވާކަމަށް އެކްލަބުން ބުންޏެވެ.
މުޖުތަމައު