ކުޅުދުއްފުށި ސިޓީ މަސްމާރުކޭޓުން ހުސްވެފައިވާ ޖާގާގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އެސިޓީގެ މަސް މާރުކޭޓުން މިހާރު 1 ޖާގަ ހުސްވެފައިވާ ކަމަށެވެ. އެއީ ޖާގަ ނަންބަރ 5 (ފަހެއް) ކަމަށާއި، މިޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓް 2025 ގެ ނިޔަލަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ”ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް“ ހުށަހެޅުއްވުމަށް އެދިފައެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.












