މިދިޔަ ބުރާސްފަތި ފ.ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ ހިނގައިިޔަ ހާދިސާގައި، އެރަށުގެ މަސްވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް އެރަށަށް ޒިޔާރަތްކޮށް އެހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުން އަންނަކަމަށެވެ. އަދި ލިބުނު ގެއްލުންތަކައް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.












