ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އުތުރުގެ ހުރިހައި އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން މެންދުރު ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މެންދުރުފަހު 02:00 އިން ހަވީރު 06:00އަށް އުތުރުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ އެއަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މެންދުރު ނެރުނު ސަމާލުގެ ވަގުތު ހަމަވުމާއެކު މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަމާލުގެ ވަގުތު މިރޭ 08:30 އާ ހަމަޔަށް ދަންމާލާފައެވެ.












