ގއ. ދެއްވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުއްރަޙްމާން ޔޫސުފް އެވެ. އަދި އިމާރާތްކުރުމާއ،ި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ
ސްޓޭޓް މިނިސްޓަރ، ހަސަން ރަޝީދެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 630 ދުވަސްތެރޭ ނިންމާގޮތަށެވެ. މިއީ، 103.09 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 60,672 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކޮށް، 95,194 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއަޅައި، 29 މީޓަރުގެ ބޭރުތޮއްޓެއް ލައި، 407 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާންޖެހެއެވެ. އަދި، 1,256 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބުރިޖެއް ހެދުމާއ،ި 1,980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
1,400 މީހުންގެ އާބާދީއެއް އޮންނަ ގއ. ދެއްވަދޫ ރައްޔިތުން ޢާންމުކޮށް މަސައްކަތް ކުރަނީ މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކެވެ އެރަށުގައި، ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި އޮންނައިރު، މިހާރު ދިމާވަމުން އަންނަ އެންމެ ބޮޑު ދައްޗަކީ ބަނދަރުން ޖާގަ ހޯދުމުގެ ދަތިކަމެވެ. ދެއްވަދޫ ބަނދަރު ކުޑަކަމުން މަސްދޯނިފަހަރާއި މުދާ އުފުލާ ބޯޓުތަކާއ،ި ލޯންޗުތަކާއި އަދި ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ އެއްކޮށް ފުރ،ި ތޮއްޖެހިފައިކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.
މިއަދު ސޮއިކުރި ދެއްވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބި، ލަފާފުރުމުގެ ދަތިކަން ހައްލުވެގެންދާނެކަމަށް ލަފާކުރެވެއެވެ.