މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ޅ.އޮޅުވެލި ފުށީގައި ކުރިޔަށްގެންދަން ނިންމާފައިވާ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްއާއި އޮޅުވެލިފުށީ ކައުންސިލާއި އެމްޓީއައި ގުޅިގެން ކުރިޔަށްގެންދާ މިކޯސް ފަށަން ހަމަޖެހިފައިވަނީ، މިމަހުގެ 30ވަނަ ދުވަހުއެވެ. ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދަން ރާވާފައިވާ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް އެމްޓީއައިއިން މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ. ކޯސް ފީއަކީ 1500 ރުފިޔާ އެވެ.











