ނ. މިލަދޫ ބަނދަރުގައި މަސްކަނޑާތަނެއް ހަދަން އެރަށު ކައުންސިލުން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
މިއީ، ބަނދަރުގައި މަސްކަނޑާތަނެއް ހަދަން މިލަދޫ ކައުންސިލުން ބީލަން އުސޫލުން ހުޅުވާލި ދެވަނަ ފަހަރެވެ. ކައުންސިލުން ބުނީ، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުމަށް އެދޭކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްކަމަށާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުންޏެވެ.
ކައުސިލުން ބުނީ، މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރާނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަދި، ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭނަމަ ފޮނުއްވާނީ info@miladhoo.gov.mv އަށެވެ.












