މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ގެއްލިގެން ހޯދަމުންދަނީ، އިއްޔެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރި ދޯންޏެކެވެ.
“AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ މި ދޯނީގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އިއްޔެ 17:20 ހާއިރު ރިޕޯޓް ކުރި ކަމަށް މިއަދު އެމްއެންޑީއެފްއިން ބުންޏެވެ. އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރި ވަމުން ދާކަމަށް އެމްއެންޑީއެފްއިން މިއަދު ހެނދުނު މައުލޫމާތު ދިނެވެ.












