މިއަދު މެންދުރު އަލިފާން ރޯވި ކަންނެލި މަސް އޮޑީގައި އެވަގުތު ފަސްް މީހަކަށް އަނިޔާވެ ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އަލިފާނުގެ ހާދިސާ ހިނގި އިރު އެ އޮޑީގައި 15 މީހުން ތިބި ކަމަށެވެ. އަދި، އޭގެތެރެއިން ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެއީ،2 ދިވެހީންނާއި 3 ބިދޭސީންނެވެ.
”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށްކިޔާ މި އޮޑީގައި އަލިފާން ރޯވެފައިވަނީ ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށްނެވެ. އަދި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެންދުރު 14:54 ހާއިރުއެވެ.
އެ އޮޑީގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަދިވެސް އެއްކޮށް ނިއްވައި ނުލެވެއެވެ.