ޅ. ހިންނަވަރުގެ އޮޑިއެހެލާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހިންނަވަރު ކައުންސިލްގެ އިދާރާއިން ހާމަކޮށްފިއެވެ.
ހިންނަވަރު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތާ ބެހޭ މައުލޫމާތު ކަރުދާހާއި ކުރެހުން މިހާރު ވަނީ އާންމުކޮށްފައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށާއި، ބިޑް ހުށަހަޅާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ބިޑް ހުޅުވުން އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ހިންނަވަރު ކައުންސިލް އިދާރާގައި އޮންނާނެ ކަމަށާއި، ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށްވެސް ހިންނަވަރު ކައުންސިލުން މައުލޫމާތު ދެއެވެ.











