ތ. ބުރުނީގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޢަމަލީ އިމްތިޙާނު ހަދައިދޭނެ އެގްޒެމިނަރަކު ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް ފޮތުގެ ކޮޕީއާއި، ނިޔަމިކަމުގެ ސަނަދުގެ ކޮޕީގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. މި މަޤާމަށް މީހަކު ހޮވުމުގައި، ލައިސެންސް ނެގިފަހުން 1 އަހަރަށްވުރެ ގިނަ ދުއްވުމުގެ ތަޖުރިބާ ހުރި، އަދި ގިނަ ކެޓަގަރީތައް ފުރިހަމަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.











