މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގައި މަސްކައްކާ ހިއްކުމަށް އެރަށު ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ވަށައިގެން ފެންސްޖަހައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްގެ އިދާރާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މި މަސައްކަތުގެ ދަށުން ފެންސްޖަހާ ސަރަޙައްދުގެ ބިންގަނޑު ލެވަލްކުރުމާއި، ދަގަނޑު ހޮޅި ބޭނުންކޮށްގެން ފެންސް ހަދައި ގޭޓް ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެއެވެ. އަދި ފެންސާއި ގޭޓުތަކުގެ ބޭރުގައި ޓިނުޖަހައި، މެރިން ދަވާދުލުމުގެ މަސައްކަތްވެސް ހިމެނެއެވެ.











