ހއ. އިހަވަންދޫގައި އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ހަދަންޖެހޭ ޢަމަލީ ޓެސްޓްތައް ކުރާނެ އެގްޒަމިނަރަކު ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނި ގޮތުގައި، މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުންވެސް ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކުރާ ލައިސަންސް ދޫކުރުމަށް ބޭއްވޭ ޢަމަލީ ޓެސްޓުތައް ކުރިއަށްގެންދިއުމަށް ހުޅުވާލި ފުރުޞަތެކެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި އިމްތިޙާނުކުރާ ކޮންމެ އުޅަނދަކަށް 30 (ތިރީސް) ރުފިޔާ ލިބޭނެއެވެ. ޝަރުޠުތަކުގެ ތެރޭގައި ނިޔަމިކަމުގެ ސަނަދު އޮތުމާއެކު، މަދުވެގެން 5 އަހަރުވީ A, A1, B, C, D ގިންތީގެ ލައިސަންސް އޮތުމާއި، 5 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި އުމުރުން 55 އަހަރު ނުވާ، ވޭތުވެދިޔަ 5 އަހަރު ކުށެއް ސާބިތުވެފައިނުވާ ފަރާތަކަށް ވާންޖެހޭނެއެވެ.











