މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އިން އިންތިޒާމުކޮށްގެން ބާއްވާ ނިޔަމިކަމުގެ ސެޓްފިކެޓް ލެވެލް-2 ކޯހުގެ އާ ބެޗެއް އޮކްޓޫބަރު 17, 2026 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްޓީއައި އިން މައުލޫމާތު ދޭ ގޮތުގައި މި ކޯހުގެ ކްލާސްތައް ކުރިއަށްދާނީ އެ މުއައްސަސާގެ މާލެ ކޭމްޕަސްގައެވެ. މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާއިރު، އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅައިގެން ނުވަތަ admin@mti.edu.mv އަށް އީމެއިލް ކޮށްގެން ބައިވެރިވެވޭނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.











