ބ. އޭދަފުށީ ދޯނި އެހެލާ ސަރަޙައްދުގައި ހުއްދަނެތި ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކުރުމަށް އޭދަފުށީ ކައުންސިލުން އިއްޔެ އަންގައިފިއެވެ.
ކައުންސިލުން ބުނީ، އެ ސަރަޙައްދުގައި ހުއްދަނެތި އޮޑިދޯނިފަހަރުގެ ބައިތަކާއި، ލަކުޑި، ދަގަނޑު އަދި ފައިބަރު ފަދަ ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން ރަށުގެ މަލަމަތި ހަޑިވެ، ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމަށެވެ.











