މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި ”އެމްޑަބްލިއުއެސްސީގެ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ސައުސަން ހޯދައިފި އެވެ.
90 އަށްވުރެ ގިނަ ބައިވެރިންނާއެކު އިއްޔެެ ހަވީރު 03:15 އިން ރޭ 09:15 އަށް ދުވާފަރުގައި ބޭއްވި މި ރޭހުގައި ދުވާފަރުން ފަސް ޓީމް، އުނގޫފާރުން 4 ޓީމް އަދި ރަސްމާދޫން 1ޓީމް ހިމެނޭހެން ޖުމްލަ 10ޓީމަކުން ބައިވެރިވިއެވެ.
މިބާރާތުގައި 10 ޓީމަކުން ވާދަކުރި ނަމަވެސް ރޭސް ނިންމާލާފައިވަނީ، 8 ޓީމަކުންނެވެ. ޓީމްތަކުން ބޭނި މަހުގެ ބަރުދަނަށް ބަލައިގެން ވަނަ ވަނައަށްދާ ޓީމްތައް ހޮވާފާައިވާއިރު އެންމެ ގިނަ މަސް ކިރައިގެން ރޭހުން އެއްވަނަ ނުވަތަ ޗެމްޕިއަންކަން ހޯދީ ޓީމް ސައުސަން އެވެ. އެޓީމުން އެއްވަނަ ހާސިލުކުރީ 2147.5 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމަށް އިނާމުގެގޮތުގައި 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައި ވެއެވެ. 1835.5 ޕޮއިންޓާއިއެކު 15000 ރުފިޔާގެ ފައިސާގެ އިނާމް ހާސިލްކޮަށް 2 ވަނަ އަށް ގޮސްފައި ވަނީ ޓީމް ކުއިކަރއެވެ. މަސްރޭހުގައި 1272.5 ޕޮއިންޓާއިއެކު 10000 ރުފިޔާގެ ފައިސާގެ އިނާމް ހާސިލްކޮަށް 3 ވަނަ އަށް ގޮސްފައި ވަނީ ޓީމް އައިރިސް އެވެ. ރޭހުގެ އެންމެ ބަރު މަސް ބޭނީ ރަންގަލި ޓީމުންނެވެ.
މީގެއިތުރުން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުންވެސް ވަނީ ވަނަ ވަނައަށް އައި ޓީމްތަކަށް ފައިސާގެ އިނާމުތަކެއް ދީފައެވެ. އެގޮތުން އެއްވަނަ ޓީމަށް 10،000 ރުފިޔާ، ދެވަނަ ޓީމަށް 5،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 3،000 ރުފިޔާ އިނާމުގެ ގޮތުގައި ދިނެވެ.
މަސް ޜޭހުގެ މެއިން ސްޕޮންސަރަކީ، އެމްޑަބްލިއުއެސްސީ އެވެ. އެސޯސިއޭޓް ސްޕޮންސަރުންގެ ތެރޭގައި، އެޗްޑިސީ، އެމްފޯޕީސީ، ހޮރައިޒަން، ތްރީވޭ، އެންސިސް ހިމެނެއެވެ.