1446 ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރަކާރުން ގޭބިސީތަކައް ހަދިޔާ ކުރަން ފޮނުވި މަސްދަޅުކޭސްތައް ބައެއް ގޭ ބިސީތަކުން ނުގެންދާތީ، ތިނަދޫ ކައުންސިލުން އެ ގޭބިސީތަކައް އިތުރު ފުރުސަތެއް ދީފިއެވެ.
ސިޓީ ކައުންސިލުން ބުނީ، މަސްދަޅުކޭސް ގޭބިސީތަަކާ ޙަވާލުކުރުމުގެ މަސައްކަތް ނިންމުމަށްފަހުވެސް، އެކި ސަބަބުތަކާހުރެ ރޯދަހަދިޔާ ނުނަގާ ގޭބިސީތަކައް ތިންފަހަރެގެ މަތިން ފުރުސަތު ދިންކަމަށެވެ. އެހެންނަމަވެސް، 113 ފަރާތަކުން މަސްދަޅުކޭސް ނުގެންދާކަން ފާހަގަކުރެވިފައިވާތީ އެ ގޭބިސީތަކައް ފަހު ފުރުސަތު މިހާރު ދީފައިވާކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ، މި ދިން ފަހު ފުރުސަތުގެ ދަށުން، ރޯދަ ހަދިޔާ ނުގެންދާ ގޭބިސީތަކަށް، 12 އޭޕްރިލް 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި، ހެނދުނު 09:00 އިން 12:00 އާއި ދެމެދު ކައުންސިލް އިދާރާއިން ރޯދަ ހަދިޔާ ދޫކުރާނެކަމަށެވެ. ރޯ ދަހަދިޔާ ނަގަން ދިން މިފުރުސަތުގައި ކައުންސިލް އިދާރާގެ ކައުންޓަރަށް ހާޒިރުވުމުން މަސްދަޅުކޭސް ދޫކުރާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، މި ތާރީޚުގެ ފަހުން މަސްދަޅުކޭސް ދޫނުކުރާނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.











