ރ. އަތޮޅުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން(އެސްޓީއޯ)ގެ ފިއުލް ސްޓޭޝަން އިފްތިތާހްކޮށްފި އެވެ.
ރ. އަތޮޅުގެ އެސްޓީއޯ ފިއުލް ސްޓޭޝަން ގާއިމުކޮށްފައިވަނީ ރ.ދުވާފާރުގައެވެ. ދުވާފަރުގެ ސްޓޭޝަން މިއަދު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ސްޓޭޝަ އިފްތިތާހުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަ ޝިޔާމާއި، ހޯމްލޭންޑް މިނިސްޓަރު އިހްސާން އާއި މަސްވެރިންގެ ދުވަހުގެ ހަފްލާތަކުގައި ބައިވެރިވަޑައިގެންނެވުމަށް ދުވާފަރަށް ވަޑައިގެން އުޅުއްވާ އިއްޒަތްތެރިން ބައިވެރިވަޑައިގެންނެވިއެވެ. އަ އެރަށުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ކެޔޮޅުންނާއި، ރަށުގެ ބައެއް ރައްޔިތުން ބައިވެރިވަޑައިގެންނެވިއެވެ.
ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓުގައި އާންމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ”ފިއުލު ސްޓޯރޭޖްތައް“ ގާއިމްކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދަނީ އެސްޓީއޯއިންނެވެ. މި މަޝްރޫއުގެ ދަށުން 2026 ވަނަ އަހަރުގެ މާޗްމަހުގެ ނިޔަލަށް އެސްޓީއޯއިން މިހާރު ކަނޑައަޅާފައިވާ 19 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމުގެ ޔަގީކަން ސަރުކާރުންވަނީ ދެއްވާފައެވެ.