ނ. މާފަރު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި އައިސް ޕްލާންޓެއް ވިއްކާލަން އެކައުންސިލުން ނިންމައިފި އެވެ.
އެކަން އާންމުކޮށް އަންގައި ކައުންސިލުން އާންމުކުރި އިއުލާނެއްގައިވާގޮތުންނަމަ ވިއްކާލަނީ އެކައުންސިލްގެ ބެލުމުގެދަށުގައި ހުރި ބްރޭންޑް ނިއު 15 ޓަނުގެ އައިސް ޕްލާންޓެކެވެ. އަދި، އެ އައިސް ޕްލާންޓް ގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް މިއަދުވަނީ ހުޅުވާލާފައެވެ.
ސިޓީލާ ނީލަމުގައި އައިސް ޕްލާންޓް ވިއްކާލަން ހުޅުވާލި މިފުރުސަތުގެ ދަށުން، އައިސްޕްލާންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 12:00 ގެ ކުރިން އަގު ހުށަހަޅަން ޖެހެއެވެ. އަގު ހުށަހެޅޭނީ ކައުންސިލުން މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިޢުލާނު ގައި ހީރަސްކޮށްފައިވާ ފޯމު މެދުވެރިކޮށްނެވެ. ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަތުމުގެ އިތުރުން އީމެއިލް(info@maafaru.gov.mv ) އާއި، ވައިބަރ(9780055)ގެ ޒަރީއިން ފޮނުވާ ފޯމްވެސް ބަލައިގަންނާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.












