ކަންނެލި މަސްވެރިކަން ކުރަން ބޭނުން ކުރަމުން އައި ”ވިޝަން“ ދޯނި ވިއްކާލަން ދޯނީގެ ވެރި ފަރާތުން ނިންމައިފި އެވެ.
ދޯނީގެ ވިއްކާލުމުގެ މުއާމަލާތްތައް ކުރިޔަށްގެންދަން ހަވާލުކޮށްފައި ހުންނަ ފަރާތުން ބުނިގޮތުގައި އެ ދޯނި ވިއްކާލަން ވެރި ފަރާތުން ނިންމާފައިވަނީ ޖުމްލަ 6 މިލިއަން ރުފިޔާއަށެވެ. އެހެންނަމަވެސް ގަންނަން ބޭނުންވާ ފަރާތްތަކުން ވެރިފަރާތާއި ވާހަކަ ދައްކައިގެން ލުއިގޮތްތަކެއް ހަމަޖެއްސުމުގެ ފުުރުސަތު އޮންނާނެކަމަށް އެފަރާތުން ބުންޏެވެ.
107 ފޫޓްގެ މި ދޯނި ވިއްކާލަނީ އިންޖީނާއި އަދި ދޯނީގައި މިވަގުތު ބޭނުންކުރަމުން އަންނަަ ހުރިހާ ސާމާނާ އެކުގައެވެ. މަސްވެރިކަމަށް ނިކުންނަތާ އަހަރެއްވެފައިވާ މި ދޯނި މިހާރުވެސް އޮތީ ދުއްވޭ އަދި ވަގުތުން މަސްވެރިކަމަށް ނިކުމެވޭ ހާލަތުގައެވެ. މި ދޯންޏަކީ ކަންނެލި މަސްވެރިކަމަށް ބަނދެފައިވާ ދޯންޏެއް ނަމަވެސް، ކުޑަ މަރާމާތަކުން ކަޅުބިލަ މަހުގެ މަސްވެރިކަމަށްވެސް ބަދަލު ކޮށްލެވޭނެކަމަށް އެ ފަރާތުން ބުންޏެވެ.
މި ދޯނި މަސްވެރިކަމަށް ނިކުންނަތާ އަހަރެއްވެއްޖެއެވެ. ދޯނި މިހާރު އޮތީ އއ. ރަސްދޫގައެވެ. ދޯނި ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތެވެ. 7777525 ނުވަތަ 9996266 ގުޅާލައިގެން އިތުރު މައުލޫމާތު ހޯދާލެވޭނެއެވެ.