ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ފިޝަރީޒް އެސިސްޓެންޓްގެ މަޤާމަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޤާމަކީ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ހުޅުވާލެވުނު މަޤާމެކެވެ. ދެކުނު ހުޅަނގު އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ސައިންސާއި ހެކީގެ މައްޗަށް ބިނާކޮށް މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަކީ މި މަޝްރޫޢުގެ މުހިންމު މަޤްޞަދެއްކަމަށް އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.
މަގާމަށް ކުރިމަތިލުމުގެ މުއްދަތާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރާ ސިޓީ، ވަޒީފާއަށް އެދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ، ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް 5 އޮކްޓޫބަރު 2026 ގެ މުއްދަތުގެ ކުރިން ހުށަހެޅުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން އެދިފައިވެއެވެ. މި މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ޝަރުޠުތައް އަދި އުޖޫރައާ ގުޅޭ ތަފްޞީލު އެ މިނިސްޓްރީން އާންމުކުރައްވާފައިވާ ޓާާމްސް އޮފް ރެފަރެންސް ގައި ހިމެނިފައިވެއެވެ.
އެޕްލިކޭޝަންތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (3 ވަނަ ފްލޯ، ހ. ޕާާމާރާ، ސޯސަން މަގު، މާލެ) އަށް ސީދާ ހުށަހެޅޭނެއެވެ. އަދި transform@fishagriocean.gov.mv އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީން ވަނީ ހުޅުވާލައްވާފައެވެ. މި މަޤާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން އެ މިނިސްޓްރީގެ ނަންބަރު 3033484 އަށް ގުޅުއްވުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.