ކޮޅުމަޑުލު ވިލުފުށީ ރައްޔިތުންގެ "ވިލުރޯދި" ދޯނި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވިލުފުށީ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިފިއެވެ.
ވިލުފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ދޯނި ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ ކުއްޔަކީ މަހަކު -/25,000 (ފަންސާވީސް ހާސް) ރުފިޔާއެވެ. އަދި ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފްސީލީ މައުލޫމާތު އެ އިދާރާއިން ދޫކުރާ މައުލޫމާތު ކަރުދާހުގައި ހިމެނޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ކުރިން ރަޖިސްޓަރީވާންޖެހޭނެ ކަމަށް ވިލުފުށީ ކައުންސިލުން ހާމަކުރެއެވެ. އެ އިދާރާއިން ބުނި ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 28 ސެޕްޓެމްބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:15 އާ ހަމައަށް އޮންލައިން ފޯމު (https://forms.gle/f5i7khifAqQybiRB9) މެދުވެރިކޮށް ހުޅުވާލެވިފައިވާއިރު، ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވާ ފަރާތްތަކަށެވެ.











