ކ. ގާފަރު ސިނާއީ ސަރަހައްދުން ބޯޓްޔާޑެއް ހަދައި ޚިދުމަތް ދިނުމުގެ މަސައްކަތަށް 30 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ގާފަރު ކައުންސިލްގެ އިދާރާއިން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ ކ. އަތޮޅުގައި ކަނޑުއުޅަނދުފަހަރު ބަނުމާއި، މަރާމާތުކުރުމުގެ ޚިދުމަތް ފުޅާކޮށް، ސިނާއީ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ބީލަމުގެ މުހިންމު ތާރީޚުތަކާއި ސުންގަޑިތައް
މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމުގެ އެންމެ ފަހު ސުންގަޑިއަކީ 01 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުން 05 އޮކްޓޯބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި ގާފަރު ކައުންސިލް އިދާރާގައި އޮންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ސިޓީ ނުވަތަ އީމެއިލް ހުށަހެޅުމުގެ ސުންގަޑިއަކީ 08 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11 އޮކްޓޯބަރު 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ގާފަރު ކައުންސިލް އިދާރާގައެވެ.
ރަޖިސްޓްރީވުމާއި ބީލަން ހުށަހެޅުމުގެ އުސޫލު
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2,000.00 (ދެހާސް) ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދެއްކެވުމަށްފަހު "ބީލަން ފޮތް" ބައްލަވައިގަންނަވަން ޖެހޭނެއެވެ. ފައިސާ ޖަމާކުރައްވާނީ ބޭންކް އޮފް މޯލްޑިވްސްގައިވާ ގާފަރު ކައުންސިލް އިދާރާގެ އެކައުންޓް (ނަންބަރު: 7730000331135) އަށެވެ. ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، ފައިސާ ދެއްކި ރިސިޕްޓާއެކު 01 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން info@gaafaru.gov.mv އަށް އީމެއިލް ކުރައްވަންވާނެއެވެ. ބީލަން ފޮތް ނުގަންނަ ފަރާތްތަކަށް 05 އޮކްޓޯބަރުގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައިވެސް އަދި 11 އޮކްޓޯބަރުގައި އޮންނަ ބީލަން ހުށަހެޅުމުގައިވެސް ބައިވެރިއެއް ނުވެވޭނެއެވެ.
ގާފަރު ސިނާއީ ސަރަހައްދުން 30 އަހަރަށް ބޯޓްޔާޑެއް ހެދުމަަކީ މާލެ އަތޮޅުގެ މަސްވެރި އުޅަނދުފަހަރާއި، ސަފާރީތަކުގެ އިތުރުން ލޯންޗްފަހަރަށް އެހެލައިގެން މަރާމާތުކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން މިއީ ރަށުގެ އިގްތިސާދަށް އާ ދިރުމެއް ލިބި، ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ މަޝްރޫއެކެވެ.