ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" ރާއްޖެއިން ބޭރުކުރުމަށް ކަނޑައަޅާފައިވާ ކޯޓާ، ޝަރުޠުހަމަވި 7 ކުންފުންޏަކަށް ދޫކުރުމަށް ނިންމައި އެ ފަރާތްތަކުގެ ލިސްޓު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މިއަދު ޢާންމުކޮށްފިއެވެ۔
ކައްޗަލަ ބައިނަލްއަޤްވާމީ "ސައިޓީސް" މުޢާހަދާގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ރާއްޖެއިން މި ބާވަތް ދެމެހެއްޓެނިވި ގޮތެއްގައި ބޭރުކުރުމަށްޓަކައި 12 މަސްދުވަހުގެ މުއްދަތަށް ވަނީ ޚާއްޞަ ކޯޓާއެއް ކަނޑައަޅާފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީން އެކުލަވާލި "ދިވެހިރާއްޖޭގައި ކައްޗަލަ އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވާ ކޯޓާ ތަންފީޒުކުރުމާއި ބެހޭ އުސޫލުގެ ދަށުން ޝަރުޠު ފުރިހަމަވެގެން ކޯޓާ ލިބުނު ކޮންމެ ކުންފުންޏަކަށް ދޫކޮށްފައިވަނީ 860 ކިލޯގެ ކޯޓާއެވެ۔
ކޯޓާ ލިބުނު ކުންފުނިތައް:
ޓްރެންޑް ޖެނެރަލް އިންޓަރނޭޝަނަލް (860 ކިލޯ)
ޗީއޯ.އެލް. އިންޓަރނޭޝަނަލް (860 ކިލޯ)
މެވަކް އިންޓަރނޭޝަނަލް (860 ކިލޯ)
ވިޔަރމީޑިއާ ސިސްޓަމްސް (860 ކިލޯ)
ސެންޓަރ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (860 ކިލޯ)
ފްލެކްސް މެރިން އެންޑް އިންޑަސްޓްރީއަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (860 ކިލޯ)
ޓޮޕް މެރިން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (860 ކިލޯ)











