މަސްވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ހިންގުމަށްޓަކައި 8 އަހަރު ދުވަހުގެ މުއްދަތަށް ބިމެއް ކުއްޔަށް ހިފުމުގެ ފުރުސަތު މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
މުލަކު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮތީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކަށާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.











