ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން މި ބޯޓު އަތުލައިގަތީ 16 ސެޕްޓެމްބަރު 2026 ގައެވެ. މި އުޅަނދު ހަރަކާތްތެރިވަމުން ދިޔައީ ކ. ދިއްފުށީގެ އިރުން ގާތްގަނޑަކަށް 123 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.

އަތުލައިގަތް ވަގުތު މި ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށް އެމްއެންޑިއެފުން ހާމަކުރެއެވެ. ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.