ގއ. ގެމަނަފުށީގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުތެރެއިން ސީވީޑް ފާމިން ނުވަތަ މޫދުވިނަ ހެއްދުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި ބީލަން ހުށަހެޅުމުގެ ސުންގަޑި އެ ރަށު ކައުންސިލުން ފަސްކޮށްފިއެވެ.
ގެމަނަފުށީ ކައުންސިލުން ނެރުނު އައު އިޢުލާނުގައިވާ ގޮތުން، މި މަހުގެ 3 ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމަށް ކުރިން ހަމަޖެހިފައި އޮތް ތާރީޚާއި ގަޑިއަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މިއަދު މެންދުރުފަހު 13:00 ގައި ބީލަން ހުށަހެޅުން ބާއްވަން ނިންމާފައި އޮތް ނަމަވެސް، މިހާރު ބީލަން ހުށަހެޅުން އޮންނާނީ 20 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.











