ތ. ހިރިލަންދޫގައި މަސްކައްކާ ހިއްކުމާއި މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 10 އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
ހިރިލަންދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު ތުނޑީ ސަރަހައްދުން ބިމެއް ކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެންބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100 ރުފިޔާއެވެ.











