ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، މި ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ 2026 ވަނަ އަހަރުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި 14 ދުވަހުގެ މުއްދަތަށް ހިންގާ މި އަސާސީ މެރިކަލްޗަރ ކޯސް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 10 އިން 21 އަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ:
އެކްއަކަލްޗަރގެ ނިޒާމުތައް
ދިރޭ ކަނާ އާލާކުރުން
ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން
ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން
ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން
އިތާމުތް އާލާކުރުން
މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ
އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން











