ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ފެށިފަހުން، މިހާތަނަށް މަސްވެރިންނަށް 2.2 ބިލިއަނަށް ވުރެ ގިނަ (2,203,638,225.00) ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެއްކި އޮތް ބޮޑު ބެކްލޮގް އެއްކޮށް ސަރުކާރުން ދައްކާ ޚަލާޞްކޮށް، މަސްކިރާތާ 48ގަޑީއިރުގެތެރޭގައި ފައިސާދޫކުރަމުން އަންނަކަމަށެވެ.
"ސަރުކާރު އައި އިރުގައި އޮތް ދުއިސައްތަ ފަންސާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މަސްވެރިންގެ ބިލްތަކަށް ދައްކަން އެ ފައިސާ ދެއްކޭނެތޯ. އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުގައި ހަމަ ރައީސް ވަރަށް އަހައްމިއްޔަތު ކަމެއް ދެއްވައިގެން މަސްވެރިންނަށް އެކަން އެ ފައިސާ ދެއްކުމަށްފަހު، މި ސާޅީސް އަށެއް ގަޑިއިރު ތެރޭގައި މަސްވެރިންގެ ޕޭމަންޓްތައް ދައްކަން ފެށީ،" ވަޒީރު ވިދާޅުވިއެވެ.











