މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21.00 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މިފްކޯއިން ކެޔޮޅުންނަށް އަންގާފައިވާ ގޮތުގައި މިއަދުން ފެށިގެން އެކުންފުނީގެ ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން މި އައު ރޭޓުގައި މަސް ގަންނަމުންދާނެއެވެ. މިގޮތުގެމަތީން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ޖެޓީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ޖެޓީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 ބޯޓުން މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21:00 ރުފިޔާގެ ރޭޓުންނެވެ.
އަގަށް ގެނައި މި ބަދަލާއެކު މިފްކޯއިން ވަނީ މިއަދުގެ ޕޯޓް ޕްލޭނާއި މަސް ގަންނަ އުޅަނދުތައް ހަރަކާތްތެރިވާ ސަރަޙައްދުތައް ކަނޑައަޅައި، އުތުރާއި، މެދުރާއްޖެތެރެ އަދި ދެކުނުގެ މަސްވެރިކަމުގެ ސަރަޙައްދުތަކުން ޖުމްލަ 442.0 މެޓްރިކް ޓަނުގެ މަސް ގަތުމަށް އަމާޒު ހިފާފައެވެ:
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ ޖެޓީ): 200.0 މެޓްރިކް ޓަން
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ ޖެޓީ): 50.0 މެޓްރިކް ޓަން
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ ޖެޓީ): 30.0 މެޓްރިކް ޓަން
ރަންދި-20 (އޮތީ މ. ކޮޅުފުށީގައި / ކަނޑުއޮތްގިރި): 38.0 މެޓްރިކް ޓަން
ރަންދި-23 (އޮތީ ރ. މަޑުއްވަރީގައި): 27.0 މެޓްރިކް ޓަން
ރަންދި-25 (އޮތީ ގދ. ތިނަދޫގައި): 27.0 މެޓްރިކް ޓަން
ރަންދި-29 (އޮތީ ލ. މާމެންދޫގައި): 45.0 މެޓްރިކް ޓަން
ކަލަމިންޖާ-401 (އޮތީ ފެލިވަރުގައި / އެފްއެފްސީ): 25.0 މެޓްރިކް ޓަން











