ހައްދުންމަތީ ގަމުގައި މަހާއި މަހުގެ ބާވަތްތައް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި 5 ބިމެއް ކުއްޔަށް ނަގާނެ ފަރާތްތައް ހޯދުމަށް ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.
ގަމު ކައުންސިލުން ގެޒެޓްކުރި އިޢުލާނުގައި ބުނެފައިވަނީ، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުން A3، A4، A5، A6 އަދި B3 ނަންބަރު 5 ބިން ކަމަށެވެ.
މި ބިންތައް ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ ބިމަކަށް 200 ރުފިޔާއެވެ. ކައުންސިލްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ޙިއްޞާކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.











