ކ. ވިލިނގިލީގައި ޑިންގީ ޖެޓީއެއް ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުގެ ފަރާތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ. ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ.
މަޝްރޫޢުގެ ތަފްޞީލު
6,755 މީހުންގެ އާބާދީއެއް ދިރިއުޅޭ ކ. ވިލިނގިލީގެ ގޮނޑުދޮށް ހިމާޔަތްކުރެވުމާއެކު ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި ޑިންގީ ޖެޓީގެ މަސައްކަތް ނިމުމުން، ރަށަށް ދަތުރުކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބޭނެއެވެ.
ޑިންގީ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢު:
ސޮއިކުރި ތާރީޚު: 16 އޮގަސްޓް 2026











