މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އިން އިސްނަގައިގެން، މ. ކޮޅުފުށީގައި ހިލޭ ކުރިއަށްގެންދާ ނިޔަމި ކޯސް-2 ގައި ބައިވެރވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޯގަސްޓް 20، 2026 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ އަބްދުލް އަލީމް އަލީގެ މާލީ އެހީއާއެކު ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށް އެމްޓީއައި އިން ބުންޏެވެ.
މި ތައުލީމީ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުކުރުން ރައްކާތެރިކުރުމަށް ބާރުއެޅުމާއި، މެރިޓައިމް ދާއިރާގެ ފަންނީ މައުލޫމާތު ރަށްރަށުގެ މުޖުތަމައުތަކަށް ފޯރުކޮށްދީ މުޖުތަމައުތައް ބާރުވެރިކުރުވުމެވެ. ޖުމްލަ 30 ގަޑިއިރުގެ (3 ދުވަހުގެ) މުއްދަތަކަށް ކުރިއަށްދާ މި ކޯހުގައި ކިޔެވުމުގެ ފުރުސަތު ނުވަތަ ޖާގަ ލިބޭނީ 12 ބައިވެރިންނަށެވެ.











