ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާ ގައި 3 މީހަކު ގެއްލިއްޖެއެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ގެ ކެޕްޓަން އާއި އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލަކެވެ.
ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ކުރިޔަށްގެންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުންޏެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި މަސައްކަތް ދަނީ ކުރަމުންނެވެ.
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، އަޑިޔަށްދިޔައީ ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުންނެވެ. ޑޮނި އަޑިއަށްދިޔަ މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންނެވެ. އޭގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރުއެވެ.











