ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ 6 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް (އެމް.އެމް.އެސް.އެސް 2026) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ސިމްޕޯސިއަމް ނިމިގެންދިޔައީ އެންމެ މޮޅު ތިން އޯރަލް ޕްރެޒެންޓޭޝަން އަދި އެންމެ މޮޅު ތިން ޕޯސްޓަރ ޕްރެޒެންޓޭޝަނަށް އިނާމު ދިނުމާއެކުއެވެ. މި ސިމްޕޯސިއަމްގެ ކާމިޔާބީގައި އަގުހުރި ދިރާސާތަކާއެކު ހިއްސާވި ހުރިހާ ބައިވެރިންނާއި އިނާމު ހޯއްދެވި ފަރާތްތަކަށް ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ މަރުޙަބާ ދަންނަވާފައެވެ. ޢަދި، މި ސިމްޕޯސިއަމްއަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފޯރުކޮށްދިން އެއްބާރުލުމާއި ބައިވެރިވުމަށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ. މިއީ، އިތުރުން މިއީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޢިލްމު ހިއްސާކުރުމާއި، ގުޅުން ބަދަހިކުރުމުގެ އިތުރުން ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ކުރިއެރުވުމަށް ލިބުނު މުހިންމު މައިދާނެއްގެ ގޮތުގައިވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިސްނަގައިގެން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާއްވާ މި ބައްދަލުވުމަކީ، ރާއްޖޭގެ ކަނޑުގެ ދިރާސާތައް އެއްތަނަކަށް ގެނެސްދޭ އެންމެ މުހިންމު ޤައުމީ މައިދާނެވެ.











